DHIVEHI

                                     



       DHIVEHI LANGUAGE

                                            Teaching the children about letter formation

           




CIRCLE THE LETTER( SEEEN)













                                         



                                  





                                      



                                       







                                      



















އާޔަން އާއި އޭނަގެ ކޮއްކޮ އަވާން މިސްކިތުން ގެއަށް އައުމުން މަންމަ ދެކުދިންނަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ކާން ގޮވިއެވެ. އަދި “ބިސްމިކިޔައިގެން ކާންފަށާ،” ބަސްއަހައިގެން، ތިބިތާ ތިބެ ކެއުންނިންމާލުމަށް ނަސޭޙަތްތެރިވެފައި މަންމަ ވަނީ ޢިޝާނަމާދު ކުރާށެވެ.
ވަކިން ޚާއްސަކޮށް އަވާންއަށް މަންމަ ނަސޭޙަތް ދިނެވެ. ގޮނޑިން ތެދުވެގެން އެނދުމައްޗަށް ކާއެއްޗެހި ހިފައިގެން ނުދިއުމަށް ބުންޏެވެ.
އަވާން މަޑުމަޑުން އާނއެކޭ ބުންޏެވެ. އަވާންއަކީ ކާއެއްޗެހި ހިފައިގެން އެނދުމަށްޗަށް އަރާއިނދެ ކެއުމަށް އާދަވެފައިވާ ކުއްޖަކަށްވާތީ މަންމަ ތަކުރާރުކޮށް ބުނެލީއެވެ. މަންމަ ތަކުރާރުކޮށް ބުންޏަސް މަންމަ ފެންނަން ނުހުންނައިރު އަވާން އަށް މަންމަ ބުނިބަހާ ޚިލާފު ވެވެއެވެ.
އާދައިގެން މަތިން އެރޭވެސް ކާންހެދުމަށްފަހު މަންމަ ވަނީ ނަމާދު ކުރާށެވެ. އަވާން އާއި އޭނަގެ ބޭބެ އާޔަން ތިބީ ފޯރިގަދަ ވާހަކައިގައި ކެއުމާއިގެން މަޝްޣޫލުވެގެންނެވެ.
އެހެންތިއްބާ ކުއްލިއަކަށް ގެއިން ކަރަންޓު ކަނޑައިގެން ހިނގައްޖެއެވެ. އަވާން އާއި އާޔަން މަންމަށް ގޮވިއެވެ. މަންމަ ވަރަށް އުނދަގޫ ގޮތަކަށް ކޮޓަރީގައި ހުރެފައި އައިސް އުއްބައްތިއެއް ރޯކޮށްފައި ކާކޮޓަރީގައި ބެހެއްޓިއެވެ. އަދި ސިޓިންރޫމުގައިވެސް ބެހެއްޓިއެވެ. އަދި ބާލިދީއަކަށް ފެންއަޅައިގެންގޮސް ސިންކުމަތީ ބެހެއްޓުމަށްފަހު ރަނގަޅަށް ކައި ނިންމާ އަތްދޮންނަން ބުނެފައި މަންމަ ވަނީ ގިފިއްޔަށެވެ.
މަންމަ ގިފިލިން ނިކުތްއިރު ދެކުދިން ތިބީ ކޮޓަރީގައި ނިދާފައެވެ. ދެކުދިންގެ މަންމަ އާނިސާ ވެސް ކަރަންޓު އަންނާނެ އިރެއްގެ އިންތިޒާރުގައި ސިޓިންރޫމްގައި އިނެވެ. އެހެން އިންދާ އަވާންއާއި އާޔަންގެ ބައްޕަ އޮފީހުގެ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިސް ކަރަންޓް ދިޔައީ މުޅި ރަށުން ކަމުގައި ބުންޏެވެ. އަދި ކަރަންޓު ލިބެން ދެގަޑިއިރު ނަގާނެކަމަށް ލަފާކުރެވޭ ކަމުގައިވެސް ބުންޏެވެ. ނަސީބު ދިމާކުރިގޮތުން ރެއަކީ ވިއްސާރަ ރެއެއްކަމުން ގޭތެރެ އެހާ ހޫނެއް ނޫނެވެ.
“ދެން ކަރަންޓު އަންނަންދެން ތިބެމާ. ވަރަށް ބޮޑަށް ބަނޑުހައިވެސް ވޭ އެބަ. އެކަމަކު އަދި މަޑުކޮށްލާނީ” ދެކުދިންގެ ބައްޕަ ޔާސިރު ބުންޏެވެ.
ޔާސިރުއާއި އާނިސާ އެކިއެކި ވާހަކައިގައި ތިއްބާ އަވާން ކުއްލިއަކަށް “އައްދިޔޯތް…މަންމާއޭ” ކިޔާ ރޮއެގަތް އަޑު އިވިގެން އަވާންގެ މަންމައާއި ބައްޕަ ދުވެފައި އެކޮޓަރިއަށް ދިޔައެވެ. އެވަގުތު ކަރަންޓްގެ އަލިން މުޅިގެ އަލިކޮށްފިއެވެ. އަވާންގެ ބޮޑުވާ އިނގިލިން ލޭއަންނަނީއެވެ. މަންމަ ވީކިހިނެއްތޯއަހާ އަވާން އިނގިލީގައި ފޮތިގަނޑެއް ބަންނަންފަށައިފިއެވެ. އަވާންގެ ބައްޕައަށް އަވާންގެ އެނދުމަތިން މީދަލެއް ފައިބައިގެން ދުވިތަން ފެނިގެން އެމީދާ އަތުލަން އުޅެގެންފިއެވެ. އެކަމަކު މީދާ މާ ހުޝިޔާރެވެ. މީދާ ފިލައިފިއެވެ.
“އަވާން، ކިހިނެއްވީ؟” މަންމަ ސުވާލު ކުރިއެވެ. “ނޭނގެ މީހަކު އަތުގައި ދަތް އެޅިހެން ހީވީ” އަވާން ރޮއެ ރޮއެ އިނދެ ޖަވާބު ދިނެވެ.
“ޔަޤީން، އަވާންގެ އިނގިލީގައި މީދާ ދަތް އެޅީ” އަވާންގެ އަތުގައި ކާއެއްޗެހިވެސް ހުއްޓެވެ. މިކަންތައްގަނޑުގެ ތެރޭގައި ޖެހިގެން އޮތް އެނދުގައި އޮތް އާޔަންއަށްވެސް ހޭލެވިއްޖެއެވެ. އަދި އާޔަން ބުންޏެވެ. “މަންމާ! ކޮއްކޮ ގާތު އަޅުގަނޑު ބުނިން އަތްދޮވެގެންނޭ އޮށޯންނާނީ. ކަރަންޓް ދިޔައީމަ ކޮއްކޮ ކެއީވެސް މިތާނގައި. ކައިނިމުނީމަ ތަށިވެސް ކާކޮޓަރިއަށް ވެއްދީ އަޅުގަނޑު.”
ވީގޮތް ރަނގަޅަށް ސާފުވެއްޖެއެވެ. ބައްޕަ ބުންޏެވެ. “މިރޭ ދަތް އެޅީ މީދަލެއް. މާދަމާ ދަތްއަޅާނީ ކޯއްޗެއްކަމެއްވެސް ނޭނގެ. ބުނާގޮތަށް ނަހަދާކުދިންނަށް ކިތައްމެ ގެއްލުމެއް ލިބޭނެ.” އެވަގުތު އަވާން ރޮމުން ބުންޏެވެ. “ދެން އަޅުގަނޑު ނިދާކޮޓަރިއަށް ކާއެއްޗެހި ނުވައްދާނަން. އަދި ކައި ނިމިގެން އަތްދޮވެގެން ނޫނީ ނުނިދާނަން.”
އެވަގުތު މަންމަޔާއި ބައްޕަ ބުންޏެވެ. “ދަރިފުޅަށް ވިސްނުނީތީ އުފާކޮށްފިން. ހިނގާ ހޮސްޕިޓަލަށް ދަމާ.”
އޭގެފަހުގައި އަވާން ގާތު މަންމަޔާއި ބައްޕަ އެވާހަކަ ތަކުރާރު ކުރާކަށް ނުޖެހެއެވެ. މީދާ ދަތްއެޅި ހަނދާން އޭނަގެ ސިކުނޑީގައި އަބަދުވެސް އޮވެއެވެ.



   DRAMA   (ANGA GADHA MITHURU)

 Children are very interested in watching dramas.                                                                                                                

                                          






ސަގާފީ ހަފުތާ ގެ  ތެރެއިން   ދަރިވަރުންނަށް    ކުރީޒަމާނުގައި   މީހުން   ލައި އުޅުުނު   ހެދުމާއި  ކޮށްއުޅުނު  ކަންތައްތައް ދަސްކޮށްދީ  ބުނެދިނުން








އެދުރުގެ








ކުރީޒަމާނުގެ މީހުން ކައިއުޅުނު ކެއުން ކުދިންނަށް ދައްކާލުން







ބަނދި އާއި ރައިވަރުކިޔުން










3 comments:

  1. Love this! Such a great resource! The letter word wall is a fantastic idea!

    ReplyDelete
  2. very intresting and funny work

    ReplyDelete