ISLAAM AND QURUAAN










                Bismillah Bismillah Islamic poem for kids






                   I Love Allah So Do You - Islamic                               rhymes for kids in English.






                    Alhamdulillah Oh Thank You Allah




  
       

                       ALLAH IS  ALKHALIQ THE  CREATOR



.ކުޑަކުޑަ ސޯސަން ބިމުއަޑީގައި އޮތެވެ
ކުޑަކުޑަ ސޯސަންގެ ހިތުގައި ވަނީ ޙައިރާންކަމެވެ. ބިމުއަޑީގެ އަނދިރިކަމާއި އެކަނިވެރިކަމެވެ. ފަޅުކަމާއި ނާމާންކަމެވެ
އެއްދުވަހަކު ކުޑަކުޑަ ސޯސަން އޮތް ދިމާގެ ވެލިފަށަލާގައި ކޮންމެސް އެއްޗެއް ޓަކިޖަހާ .އަޑު އިވުނެވެ
'' ޓައް ޓައް ޓައް ''
ކުޑަކުޑަ ސޯސަން ހައިރާންކަމާއެކު ސުވާލުކުރިއެވެ
'' ކާކު ޓަކިޖަހަނީ ؟ ''
.ބޭރުން ޖަވާބު އައެވެ
'' އަހަންނަކީ ވާރޭ .. .. އަހަރެން ވައްދާ ''
ކުޑަކުޑަ ސޯސަން ބިރުން އޮވެ ޖަވާބުދިނެވެ.
'' އޭ ވާރެއާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''
ވާރޭ މާޔޫސްވެގެން ހިނގައްޖެއެވެ.
އަނެއްކާ އެހެންދުވަހަކު އެއްޗެއްގެ ހިލަން ވެއްޖެއެވެ.
އެހެން އަޑެކެވެ.
'' ސީން ސީން ސީން ''
ކުޑަކުޑަ ސޯސަން ހައިރާން ކަމާއެކު ސުވާލުކުރިއެވެ.
'' ތީ ކާކު ؟ ''
ބޭރުން ޖަވާބު އައެވެ.
'' އަހަންނަކީ އަވި .. .. އަހަރެން ވައްދާ ''
ކުޑަކުޑަ ސޮސަން ބިރުން އޮވެފައި ޖަވާބުދިނެވެ.
'' އޭ އަތްވާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''
އަވި މާޔޫސްވެގެން ހިނގައްޖެއެވެ.
އަނެއްކާ ދުވަސްކޮޅެއްފަހުން ވާރެއާ އަތްވާ ދޭތި އައި އަޑު އިވުނެވެ.
'' ޓައް ޓައް ސީން ސީން ''
ކުޑަކުޑަ ސޯސަންގެ ޙައިރާން ކަމެއް ނެތެވެ. ބިރުވެތިކަމެއްވެސް ނެތެވެ.
ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް މަރްޙަބާ ކިއެވެ. ވާރެއާ އަވި އެކީގައި އައުމުން ނޫނީ ކުޑަކުޑަ ސޯސަން އަކާ ބައްދަލެއް ނުކުރެވޭނެއެވެ.
ވާރެއާ އަވި ވަރަށް އުފަލުން، ކުޑަކުޑަ ސޯސަން އޮތް ވެލިގަނޑު ތެރެއަށް ވަނެވެ. އަދި ކުޑަކުޑަ ސޯސަން އާ ސަލާމްކުރިއެވެ.
ވާރެއާ އަވި އެކުއެކީގައި ބުންޏެވެ.
'' އަހަރެމެން މިއައީ ކުޑަކުޑަ ސޯސަން ބަލައި.. ހިނގާ އަހަރެމެންނާއެކު މައްޗަށް އަރަން. ''
ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް ދެއަތް ދިއްކޮށްލިއެވެ.
ވާރެއާއި އަވި ކުޑަކުޑަ ސޯސަންގެ ދެއަތުގައި ހިފާ މައްޗަށް ނެގިއެވެ. ބިމުގެ މަތީ ވެލިފަށަލަ ކަހާލަމުންނެވެ.
ކުޑަކުޑަ ސޯސަން ދެލޯ ހުޅުވާލިއެވެ. ވަށައިގެންވާ މާހައުލަށް ބަލާލިއެވެ.
ފެހި ކުލައިގެ ވިނައެވެ. އާރޯ ތާޒާ ގަސްތަކެވެ. ފަރިވެ ފޮޅިފައިވާ އެކި ކުލަކުލައިގެ މާތަކެވެ. ރީތި ކުލަތައް އަރާ ކޮކާތަކާއި ބަޅިނދުތައް އެމާތަކަށް ޖައްސަ ޖައްސާފައި ފޮނިބޮނީއެވެ. އެކި ވައްތަރު ވައްތަރުގެ ދޫނިތައް ރީތި ރާގުރާގަށް ގޮވަނީއެވެ.
ކުޑަކުޑަ ސޯސަން އަށް ފެނުނީ ބަހާރު މޫސުމެއްގެ ހިތްގައިމު ބަގީޗާއެކެވެ.
ކުޑަކުޑަ ސޯސަން އުފަލުން ގޮސް ފޮޅިއްޖެއެވެ. ފޮޅިފައި އިން ރީތި މަލަކަށް ވެއްޖެއެވެ. ރީތި ފަރި ސޯސަންމަލަކަށެވެ.

 Learn Quran with rules of tajweed, pronunciation

Writing Arabic - Learn to Write the Arabic Alphabet -
Arabic 



QURAAAN


It will be better to make the children listen to the same Qari's recitation to maintain consistency in learning.

Reciter Mohammed Siddiq Al-Minshawi 



  

Arabic letter modeling clay






ސަލާމްކުރުމުގެ އަދަބުތަކުގެ ތެރެއިން                 




HADITH

ކޮއްކޮގެ 40 ޙަދީޘް (ފުރަތަމަ 03 ޙަދީޘް)
1- ހެޔޮކަމުގައި އެއްވަރު ދެމީހުން:
رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ (رواه مسلم)

ހެޔޮކަމަކަށް މަގުދައްކައިފި މީހާއަށް، އެހެއުކަން ކުރާމީހާއާ އެއްފަދައިން ޘަވާބު ލިބޭނެތެވެ.


2- ޤިޔާމަތް ދުވަހުގެ އެކުވެރިޔާ:
رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
الْمَرْءُ مَعَ مَنْ أَحَبَّ يَوْمَ الْقِيَامَةِ  (متفق عليه)
ޤިޔާމަތް ދުވަހުން މީހާވާހުށީ ތިމާ އެމީހަކުދެކެ އެންމެ ލޯބިވާ މީހަކާ އެކުގައެވެ.


  3- ޢަމަލު ޞައްހާނުވާނެ:     
رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
إِنَّمَا اْلأَعْمَالُ بِالنِّيَّاتِ  (متفق عليه)
ހަމަކަށަވަރުން ޢަމަލުތައް ޤަބޫލުވުން ހުރީ ނިޔަތާ ލައިގެންނެވެ.



                  

ކޮއްކޯއެވެ!! އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ފަސްރުކުން ކޮއްކޮމެން ދަންނަމު ހެއްޔެވެ؟

އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ: މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހެއްނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، އަދި ނަމާދު ޤާއިމު ކުރުމާއި، އަދި ޒަކާތް ދިނުމާއި، އަދި ރަމަޟާން މަހު ރޯދަ ހިފުމާއި، އަދި ކަޢުބަތުﷲ ގެފުޅަށް ޙައްޖުވުމެވެ."

ހެޔޮބަސް

ކޮއްކޮމެންގެ ދެއަތުގެ ޖާދޫ ކޮއްކޮމެންނަށް އެނގޭހެއްޔެވެ؟ ހުރިހާ އިނގިއްޔަކަށްބެލިކަމުގައިވިޔަސް ފެންނާނީ ތަފާތުކަމެކެވެ. އެއްވެސް އިނގިއްޔެއް އެއްވަރު ނުވެއެވެ. އަތުގެ ދެފުށަށް ކަމުގައިވިޔަސް ދެފުށުން ވެސް ފެންނާނީ ދެކުލަ އެކެވެ. އެއްފުށުގައި ހުދު ކުލައެކެވެ. އަނެއްފުށުގައި ކަޅު ނުވަތަ ދޮން ކުލައެކެވެ. އެއްކުލައެއް ނުފެނެއެވެ. އެހެންނަމަވެސް މި ދެއަތުން ކޮއްކޮމެން ކުރަން ބޭނުންވާ ހުރިހާ ކަމެއް ވެސް ކުރެވެއެވެ. ދެފުށުގެ ކުލައިން ރުޅިގަދަ އެއްވެސް ނުވަމެވެ. ބޭނުންވާ ކަމެއް ކުރެވުމުން އުފާވެއެވެ.

އްކޮމެންނަށް އެނގޭ ހެއްޔެވެ؟ ކޮއްކޮގެ މަންމަ އާއި ބައްޕަގެ ވެސް ތިބޭނީ އެކިވަރުގެ ކުދިންނެވެ. ބައެއްކުދިން ދިގުވާނެއެވެ. އަނެއްބައި ކުދިން ކުރުވާނެއެވެ. އަނެއްބައި ކުދިން ފަލަވާނެއެވެއަނެއްބައި ކުދިން ހިކިވާނެއެވެ. އަނެއްބައިކުދިން ކަޅުވާނެއެވެ. އަދި އަނެއްބައިކުދިން ދޮންވާނެއެވެ. މިހެންވުމުން ބައެއް ކުދިންނަށް ރުޅި އާދެއެވެއަނެއްބައިކުދިން ދެރަވެއެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ވަރަށް ތަފާތު ކުރެވެއެވެ. އެކަމަކު އެއީ ވަރަށް ގޯސް ކަމެކެވެ.

ކޮއްކޮމެންނަށް އެކަން އެނގޭ ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކޮންމެ ސިފައެއްގައި ހުއްޓަސް އެއީ ހަމަ ކޮއްކޮމެންގެ ދައްތަ ، ބޭބެ ، ކޮއްކޮ ނުވަތަ ކޮންމެވެސް ތިމާގެ މީހެކެވެ. ކޮންމެ ކުއްޖަކަށްވެސް އެއްކުއްޖަކު އަނެއްކުއްޖަކު ބޭނުންވާ ކަންތައްތައް ކޮށްދެވޭނެއެވެ. އެހީތެރިވެވޭނެއެވެ. އެއް ކުއްޖަކު އަނެއްކުއްޖަކަށް އެކި ކަންކަމުގައި އެހީތެރިވުމަކީ ވަރަށް މާތް ހުރިހާ އެންމެންވެސް ވަރަށް ލޯބިވާނެ ސިފައެކެވެ. އެހެންކަމުން ކޮންމެ ކުއްޖަކީވެސް އެންމެންގެ ލޯބި ލިބިގެންވާ ކުއްޖަކަށްވާން ވާނެއެވެ. އެއްވެސް ކުއްޖަކު ދެރަކޮށް ތިޔައީ އަހަންނަށް ވުރެ މާ ކަޅު ކުއްޖެކޭ ތި ކުއްޖާ އާއި އެކީ ނުކުޅޭނަމޭ ނުބުނައްޗެވެ. އޭރުން އެ ކުއްޖަކު ވަރަށް ދެރަވާނެއެވެ. ކޮންމެ ގޮތަކަށް ހުއްޓަސް އެއީ ހަމަ ކޮއްކޮ ފަދަ ކުއްޖެކެވެ. ކޮއްކޮ އާއި ދިމާލަށްވެސް ތިޔައީ ހާދަ ފަލަ ، ކަޅު ކުއްޖެކޭ ބުނެފިއްޔާ ދެރަވާނެއެވެ. އެއްވެސް ކުއްޖަކު ޚާއްސަކޮށް އެއްބަނޑު އެއްބަފާ އެއްވެސް ކޮއްކޮ އެއް ބޭބެ އެއް ތަފާތު ނުކުރައްޗެއެވެ. އޭރުން ތި ހުރިހާ ކުދިންނަކީވެސް ވަރަށް ބަސް އަހާ ކުދިންނަށް ވާނެއެވެ.

ރިވެތި އަޚްލާޤު                                 




ފެންތަށި އެއް ނޭވާއިން ހުސްކޮށްނުލާށެވެ. އަދި ފެންބޯ ތައްޓަށް   ނޭވާ ނުލާށެވެ.
އަހަރެމެންގެ ދީން އަބަދުވެސް ބާރުއަޅަނީ ކޮންމެ ކަމެއް ކުރުމުގައިވެސް އަވަސްއަރައިގަތުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ހަމަޖެހިގެން ކަންތައްތައް ކުރުމަށެވެ. އެހެންވީމާ ފެންބުއިމުގައިވެސް ރީތި އާދައަކީ އެއް ނޭވާއިން ފެންތަށި ހުސްކޮށްލުމުގެ ބަދަލުގައި ތިން ކޯވަރަށް ބަހަލައިގެން ހަމަޖެހިގެން ފެންތަށި ބޯލުމެވެ. އަދި ފެންބޯއިރު ފެންބޯ ތައްޓަށް ނޭވާލުމީ ވެސް އެދެވިގެންވާ ކަމެއް ނޫނެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
"ޖަމަލު ފެންބޮއި އުޅޭ ފަދައިން އެއްފަހަރުން ތިޔަބައިމީހުން އެއްޗެތި ބޮއި ނޫޅޭށެވެ. އެއާ ޚިލާފަށް ތިޔަބައިމީހުން ދެފަހަރުން ނުވަތަ ތިން ފަހަރުމަތީން ބޮއިއުޅޭށެވެ. އަދި ތިޔަބައިމީހުން އެއްޗެއް ބޮނީ ކަމުގައިވަނީ ނަމަ ބިސްމި ކިޔާށެވެ. އަދި ބޮއި ނިމިއްޖެ ކަމުގައި ވަނީ ނަމަ (الْحَمْدُ لِلَّهِ ކިޔައި) ﷲ އަށް ޙަމްދުކުރާށެވެ."
މިއީ ނޫރުލްއިސްލާމް ލައިބްރަރީގައި ޕަބްލިޝްކުރެވިފައިވާ (ކެއިން ބުއިމުގެ އަދަބު) މި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކޮޅަށް ހުރެގެން ކައިބޮއިހެދުމާއި ދުރުހެލިވާށެވެ.            
ކޮޅަށް ހުރެގެން ކައިބޮއިހެދުމާއި ބެހޭ ގޮތުން އެއްފަހަރެއްގައި އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އާ ސުވާލު ދެންނުވުމުން ހަދީޘްކުރެއްވިއެވެ. "އެއީ އަދި މާ ހުތުރު މާ ނުބައި ކަމެކެވެ." މި ނޫނަސް މިކަމާ ބެހޭ ގޮތުން ކިތަންމެ ހަދީޘްތަކެއް ވާރިދުވެގެން އައިސްފައިވެއެވެ. އެހުރިހާ ޙަދީޘްތަކެއްގެ އަލީގައި އިސްލާމްދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ ކޮޅަށް ހުރެގެން ކައިބޮއި ހެދުމަކީ މަކްރޫހަ ކަމެއް ކަމުގައެވެ. ތިޔަކުދިންނަށް ވެސް އެނގޭނޭ ފަދައިން މަކްރޫހަ ކަންކަމަކީ ކުރުމުން ފާފައެއް ނުވިޔަސް ނުކުރުން މޮޅު އިތުރުވެގެން ވާ އަދި އެކަންކަން ނުކޮށް ދޫކޮށްލުމުން ޘަވާބުވެސް ލިބޭނޭ ކަންކަމެވެ.
މިއީ ނޫރުލްއިސްލާމް ލައިބްރަރީގައި ޕަބްލިޝްކުރެވިފައިވާ (ކެއިން ބުއިމުގެ އަދަބު) މި ފޮތުން ނަގާފައިވާ ލިޔުމެކެވެ.



Arabic Alphabet | Islamic Educational Cartoon For Kids


The story of zamzam well                          




'My Five Daily Prayers'





Surah fatiha                                          


Arabic Alphabet Craft: Cotton Ball Activity







8 comments:

  1. Very creative way to teach arabic

    ReplyDelete
  2. Miee varah ves mauloomaathun furigenvaa blogeh Thank you Saadha Aunty

    ReplyDelete
  3. varah rangalha ideas kudhin varah shaugu veri vay kanthah thah hus thanks

    ReplyDelete
  4. Maldives is 100% muslim nation. it is good through this website which gives the children to learn and basic interest in their hearts.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Keerithi Quran Tharutheelukoh Revethikoh kiyevumaky Savaabu thuru vegenvaa kameve.

    ReplyDelete